އައްޑޫ ސިޓީއަށް 5 އަސް ގެނައުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހުއްދަދީފިއެވެ.
އައްޑޫގެ ޒުވާނުންތަކެއް އިސްނަގައިގެން އެސިޓީއަށް އަސްތަކެއް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ހުއްދަތަށް ކަމާގުޅޭ މިނިސްޓްރީންތަކުން ހޯދާފައިވާކަމުގައި މިއަދު ބޭއްވި ރައްޔިތުންގެ ޖަލްސާގައި މަޖިލީހުގެ ރައީސް ރައިސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އައްޑޫ އަށް އަސްގެނައުމަށް ކުރަމުންދާ މަސައްކަތް އެކަމުގެ މަސައްކަތްކުރާވާ ޒުވާނާ އެމަނިކުފާނާއި ހިއްސާކުރައްވާފައިވާކަމަށެވެ.
އެގޮތުން އަސްތައް ގެނައުމުން އައްޑޫ ރައްޔިތުންނަށްވެސް އަދި އެސިޓީއަށް ޒިޔާރާތްކުރާ ފަތުރުވެރިންނާއި މެހެމާނުންނަށްވެސް އެޔަށް އަރާލެވޭނެ ގޮތް މިކަން އިންތިޒާމުކުރާ ފަރާތުން ހަމަޖައްސަވާނެކަމަށް ޤަބޫލުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަދި މިއީ ޝައުގުވެރި އަޖުމަބަލާލުން ރަނގަޅު ކަމަކަށް ވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަސްތައް ރާއްޖެ ގެންނަނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެނިމަލް ބޯޑުގެ ނަގަންޖެހޭ ހުއްދަ ނަގައިގެންނެވެ. އަދި އަސްތައް ގެންނަނީ ޖަހަންޖެހޭ ވެކްސިންޖަހައި އެތަކެތި ބަލަހައްޓާނެ އެކަށީގެންވާ ތަނެއްހަމަޖައްސައިގެންކަމަށެވެ.
މީހުންދިރިއުޅޭ ރަށަކަށް އަސް ގެނައުމުގެ މަސައްކަތް ދިވެހިބަޔަކު ފަށާފައިވާއިރު މީގެކުރިން ރާއްޖޭގެ ބައެއް ރިސޯޓްތަކަސްވެސް ވަނީ އަސްގެނެސްފައެވެ.