ކޮވިޑް-19: އިތުރު 145 މީހަކު ޕޮޒިޓިވްވެއްޖެ

ރޭ އިރުއޮއްސި 6:00އިން މިރޭގެ 6:00 އާ ހަމައަށް ރާއްޖެއިން 145 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެވެ.  މީގެ ތެރެއިން 145 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަތޮޅުތަކުން ޕޮޒިޓިވްވެފައިވަނީ 3 މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 123 ދިވެހިންނާއި ބަންގްލަދޭޝްގެ 123 މީހަކާއި އިންޑިއާގެ 3 މީހުންނާއި ސްރީލަންކާގެ 5 މީހުންނާއި ނޭޕާލްގެ މީހަކާއި ޖަޕާނުގެ މީހެއްގެ އިތުރުން ޖޯޑަންގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 6370އަށް އިތުރުވެފައެވެ.

ރާއްޖެއިން މިއަދު ކޯވިޑް-19އަށް 145 މީހަކު  ޕޮޒިޓިވްވިއިރު ކޮވިޑް 19 ޖެހިގެން ފަރުވާ ހޯދަމުންދިޔަ  މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައިވަނީ 127 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 3915 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް 19 ގެ ބަލީގައި މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނީ 161 މީހަކަށެވެ. މިހާތަނަށް ރާއްޖެއިން 24 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޔޫރޯ 2020: ދުނިޔޭގެ ޗެމްޕިއަން ކަޓުވާލާ ސްވިޒަލޭންޑް ކުއާޓާއަށް

ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ޔޫރޯގެ ކުއާޓާފައިނަލަށް ސްވިޒަލޭންޑް ދަތުރުކޮށްފިއެވެ ޔޫރޯ 2020 ގެ ރައުންޑް އޮފް 16 ...

އައްޑޫސިޓީ މީދޫ – އައްޑޫ އީދު ފެސްޓިވަލް 2022: ވާދެމުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ އައްޑޫ އީދު ފެސްޓީވަލް 2022 ގައި ހިމެނިގެން މީދޫގައި އިއްޔެ ހަވީރު ...

ޓުޓިކޮރިން އިން ރާއްޖެއައި ވަފުދު ކުޅުދުއްފުއްޓާއި އައްޑޫއަށް

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޓުޓިކޮރިން ނުވަތަ ސޫތުކުޅި “ކޯސްޓަލް މެކަނައިޒްޑް ސެއިލް ވެސެލް އޯނާސް އެސޯސިއޭޝަން”ގެ މަތީ ...