ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 170 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރާއްޖެ އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 139 ދިވެހިން ހިމެނެއެވެ. ދެން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ 23 މީހަކާއި އިންޑިއާގެ ހަތް މީހަކާއި ދެކުނު އެފްރިކާގެ މީހެކެވެ.
ރާއްޖެ އިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓވްވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 6079 އަށް އަރާފައެވެ.
މިއަދަކީ އޮގަސްޓް މަހުގެ 02 ވަނަ ދުވަހަށް ފަހު އެއްދުވަހެއްގައި އެންމެ ގިނަ މީހުން ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހެވެ.