ގައުމު ސްޓްރީޓް ކަޕް 2020: ދެވަނަ ދުވަހުގެރޭގެ މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ ދެވަނަ ދުވަހުގެރޭ ކުޅުނު މެޗްތަކުގެ ނަތީޖާ:

އެފްއާރުޓީއާއި ސަންސް އޮފް ލޮންސް

ރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ގްރޫޕްސީގައި ހިމެނޭ ދެޓީމްކަމުގައިވާ  ފޭދޫ އެފް. އާރު . ޓީ އާއި ފޭދޫ ސަންސް އޮފް ލޮންސް އެވެ. މިމެޗް 4 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ސަންސް އޮފް ލޮންސްއެވެ.

މިމެޗްގައި ސަންސް އޮފް ލޮންސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 13 ވަނަމިނިޓްގައި ކާމިޔާބުކޮށްދިނީ އަރުމީޝްއެވެ.

ސަންސް އޮފް ލޮންސުން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑާއި 3 ވަނަ ލަނޑު ދެވަނަ ހާފްގެ 2 ވަނަ މިނިޓާއި 13 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީނަމްބަރ 11 ޝިފާޒެވެ.

ސަންސް އޮފް ލޮންސުން މިމެޗުގައި ކާމިޔާބުކުރި 4 ވަނަ ލަނޑު ދެވަނަ ހާފްގެ 16 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޯޒީނަމްބަރ 7 ޝިއަރާއެވެ.

މި މެޗްގެ މޮޅުކުޅުންތެރިއަކީ ސަންސް އޮފް ލޮންސް ގެ ޝިފާޒެވެ.

ހަބޭސް އަދި ކްރައުސް

ރޭގެ ދެވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް ޑީގައި ހިމެނޭ ފޭދޫ ހަބޭސް އާއި ފޭދޫ ކްރައުސްއެވެ.

ހަބޭސްގެ އަހުމަދު ޒިޔަން ފުރަތަމަ ހާފްގެ 10 ވަނަ މިނިޓްގައި  ކާމިޔާބުކޮށްދިން ލަނޑާއެކު މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ 1 ލަނޑު 0 ލަނޑުން ހަބޭސް ކުރިހޯދައިގެންނެވެ.

މިމެޗްގެ ދެވަނަ ހާފްގެ ކުޅުންފަށައިގެން 2 ވަނަ މިނިޓްގެ ތެރޭގައި ކްރައުސް ޓީމުން ވަނީ އެޓީމުން މިމެޗްގައި ކާމިޔާބުކުރި ލަނޑު ކާމިޔާބުކޮށް މެޗްގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކުޑައައްޓޭއެވެ.

ހަބޭސް ޓީމުގެ ކުޅުންތެރީން ގިނައިރު ބޯޅަ ގެންގުޅެ އިތުރު ލަނޑުތަކެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް ކްރައުސްގެ ކުޅުންތެރީން ވަރަށްބޮޑަށް ފަހަތަށް ޖެހި ޑިފެންސިވް ކުޅުމެއް ކުޅެމުންގޮސްފައިވާތީ މިމެޗްގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައިރުވެސް އިތުރު ލަނޑުތަކެއް ހަބޭސްގެ ކުޅުންތެރީންނަށް ކާމިޔާބުކުރެވޭނެގޮތެއްނުވެ މެޗް ނިމިގެންގޮސްފައިވަނީ 1 ލަނޑު 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ.

މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވާފައިވަނި  ކްރައުސްގެ އަހުމަދު އިމާޝްއެވެ.

އުސްގަޑަ ޖޫނިއާސް އަދި ބީރިކަނާ 

ރޭގެ ތިންވަނަ މެޗްގައި ބައްދަކުރީ ގްރޫޕް އޭގައި ހިމެނޭ ހިތަދޫ  އުސްގަނޑަ ޖޫނިއާސް އާއި މީދޫ އެފްސީ ބީރިކަނާއެވެ. މިމެޗް އެފްސީ ބީރިކަނާ  ކާމިޔާބުކުރީ 3 ލަނޑު 1  ލަނޑުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ބީރިކަނާގެ އިބްރާހީމް ހޫދުއެވެ.

ޗެމްޕިއަންޓީމަކަށް ދިހަހާސްރުފިޔާ ރަނައަޕްޓީމަކަށް ފަސްހާސްރުފިޔާ ދިނުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ  4 ގުރޫޕަކަށް ބަހާލައިގެންނެވެ.

މިމުބާރާތާ ބެހޭގޮތުން ގައުމު އެފްސީގެ އައްޕޯ ބުނީ މިމުބާރާތުގެ މަގުސަދަކީ ފުޓްބޯޅައަށް އޮންނަ ލޯބި ޒުވާނުންގެ ތެރޭގައި އިތުރުކޮށް އެފުރުސަތު ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ. އަދި ފުޓްބޯޅައަށް ޒުވާނުން އިތުރަށް އަހުލުވެރިކުރުންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“މިމުބާރާތުގެ ސަބަބުން މުބާރާތުގައި ބައިވެރިވާ ޓީމްތަކަކަށް  ކުޅެމުންދާ ކުދިންގެ ފިޓްނަސް ރަގަޅުވެ އިތުރު މުބާރާތެއްގައި  ކުޅުމަށް ފުރުސަތު އެކުދީންނަށް ލިބިގެންދާނެ . އެހެންކަމުން މުބާރާތުގެ މަޤުސަދު ހާސިލުވާނެ.” އައްޕޯ ބުންޏެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފޮޓޯއިން ޚަބަރު: ހުޅުދޫއާއި މީދޫގައި ކާފިއު ހިންގާފައިވާ ގަޑި

ބަރާބަރު ހަވީރު ހަޔެއް ޖެހުމާއެކު ހުޅުދޫއާއި މީދޫގެ މަގުތައް ފަޅުވެއެވެ. އެއީ ހަވީރު ހަޔަކުން ފަތިހު ހަތަރަށް ކޮވިޑް ...

މޯލްޑިވިއަންއިން ހެޔޮ އަގެއްގައި ހަނިމާދޫއިން ކޮޗިންއަށް

ގައުމީ އެއަރލައިން މޯލްޑިވިއަން އިން ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ. އެގޮތުން ހަނިމާދޫއިން ...

ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ޖަރުމަނުގެ ފުރަތަަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުން 10 ކުޅުންތެރިއަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. ޖަރުމަން ލީގުގެ ...