ކޮވިޑް 19 – ކަމަދޫ އިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބ. ކަމަދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ބުނީ ކަމަދޫއިން ޕޮޒިޓިވް ވެފައިވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނަށްފަހު އިއްޔެ ހެދި ޓެސްޓުންނެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

ކަމަދޫ އިން މީހަކު ޕޮޒިޓިވް ވެފައިވާއިރު އައްޑޫ ސިޓީ ހިތަދޫގައި  މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ވެސް މިއަދު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މީގެ އިތުރުން ރޭ އައްޑޫ ސިޓީގެ ފޭދޫގައި ހޯމްކަރަންޓީނުގައިހުރި ފުލުހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

ކޮވިޑާއެކު އުޅެން ދަސްކުރަންޖެހޭކަމަށްބުނެ މާލެން އަތޮޅުގެ ރަށްރަށަށް ހޯމް ކަރަންޓިނަށް ފޮނުވާ މީހުން  ދަތުރުކުރަމުން މިދަނީ އާއްމު ދަތުރުފަތުރުގެ ތެރެއިން ކަމަށްވާތީ ކުރިއަށްއޮތްތަކުގައިވެސް އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ގިނައިން ފެނުމުގެ ފުރުސަތު ބޮޑެވެ.

އަތޮޅު ތެރެއަށް މިބަލި ފެތުރުނަ ނުދިނުމަށްޓަކައި މާލެން އަތޮޅުތެރެއަށް ކަރަންޓީނަށް ފޮނުވާ މީހުން ކޮވިޑަށް ޓެސްޓްކުރުމަށްފަހު އޭގެ ނަތީޖާ ލިބުމުން ކަރަންޓީނަށް ފޮނުވޭ އުސޫލެއް ހަމަޖެހުމަކީ އަތޮޅުތެރެއަށް މިބަލި ފެތުރުން ކޮންޓްރޯލް ކުރެވެންއޮތް ހަމައެކަނިގޮތެވެ. އެހެންކަމުން މިގޮތައް ކަމާބެހޭ ފަރާތްތަކުން އަމަލުކޮށްދެއްވުމަކީ އަތޮޅުތެރޭގައި ދިރިއުޅެމުންދާ މީހުންގެ ވަރަށްބޮޑު އެދުމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: ޖެހުނު މީހުންގެ އަދަދު 1.6 މިލިއަނަށް ވުރެ މައްޗަށް – މަރުވި މީހުންގެ އަދަދު 95000 އަށްވުރެ މައްޗަށް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ގެ ސަބަބުން  އިއްޔެ ނިޔަލަށް 1603073 މީހުންނަށް ޖެހިފައިވާއިރު ...

މީދޫދާއިރާއާއި މަރަދޫފޭދޫ ދާއިރާ ވަކިކޮށްދިނުމަށްއެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

މީދޫދާއިރާއާއި މަރަދޫފޭދޫ ދާއިރާ ދެދާއިރާއެއްގެ ގޮތުގައި ވަކިކޮށްދެއްވުމަށްއެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ނުބެލޭނެކަމަށް ކަނޑައަޅާ މައްސަލަ ބޭރުކޮށްލައިފިއެވެ. ...

ޗައިނާއިން ފޮނުވި އެހީގެ ތަކެތި ލިބިއްޖެ

ޗައިނާ ސަރުކާރުން އަދި ޗައިނާގެ ބިލިއަނަރެއް ކަމަށްވާ ޖެކްމާ އަދި ޗައިނާގެ ބައެއް ކުންފުނިތަކުން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ...