އައްޑޫސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަމާއި ގުޅިގެން ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ، ޕޮޒިޓިވްވެފައި ވަނީ ފުލުހެއް ކަމަށެވެ. އަދި އޭނާ ޕޮޒިޓިވް ވެފައިވަނީ މާލޭގައި ނެގި ރެންޑަމް ސާމްޕްލިންގެ ގެ ތެރެއިންކަމަށް، ކަމަށް އޭއީއެޗްއިން ވިދާޅުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އައްޑޫއަށް އައި ފިރިހެނެކެވެ.

މިފަހުން މާލެއިން ރަށްތަކަށް ދަތުރު ކުރާ ފަރާތްތަށް މިބައްޔަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. މިކަމާއި ގުޅިގެން ހޯމް ކަރަންޓީނު އުސޫލަށް އެޗްޕީއޭއިން ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މާލެއިން ރަށްރަށް މިހާރު ޟަރޫރީ ބޭނުންތަކުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ރައްކާތެރި ކަމުގެ ގޮތުން މާސްކު ބޭނުން ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި މޮނިޓަރިންއަށްލާ ރަށްތަކުގައި މާސްކުއެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

Next: ކޮވިޑް-19 : މިއަދު 129 މީހުން ޕޮޒިޓިވްވެ 37 މީހުން ރަނގަޅުވެއްޖެ