އަޟްހާއީދުގެ ކުޅިވަރު: ހުޅުދޫއާއި މީދޫ ކުޅުނު ބަށިމެޗް މީދޫ ކާމިޔާބުކޮށްފި

އަޟްހާ އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މީދޫ  ބަށި ޓީމަކާ  ހުޅުދޫ ބަށި ޓީމާއި ދެމެދު އެކުވެރިކަމުގެ ބަށި މެޗެއް އިއްޔެ ހަވީރު ކުޅެފިއެވެ.

ހައްވާ ހުސޭންގެ ކޯޗްކަމާ ސައިދާ މުޠީއުމުގެ މެނޭޖަރު ކަމުގެ ދަށުގައި ކުޅުނު  ހުޅުދޫ ޓީމާ ވާދަކޮށް މިމެޗް 10 ލަނޑު 16 ލަނޑުން ކާމިޔާބުކުރީ ނައިމާގެ މެނޭޖަރުކަމާ އަޒީމާގެ ކޯޗްކަމުގެ ދަށުގައި ކުޅުނު މީދޫ ބަށި ޓީމެވެ.

ބަށި ރާނީއަކަށް ހޮވުނު ޖަޒްމިނާއި ސޭޝް އަދި ޓްރޮފީ ހަވާލްކޮށްދެއްވީ ފާތުމަތު އަލީ – އަދި މެރެތަންއާއި ޖަޒްމީނާ

މިމެޗްގައި އެންމެގިނަ ފޯލިޖަހާ  އަދި އެންމެ ގިނަ ހިފުން ހިފި ކުޅުންތެރިއަކަށް މީދޫ ޓީމްގެ ޖަޒްމީނާ ހޮވިފައިވުމުން މިމެޗްގެ ބަށިރާނީއަކަށް ހޮވާފައިވަނީ ޖަޒުމީނާއެވެ. ބަށި ރާނީއަކަށް ހޮވުނު ޖަޒްމީނާއަށް ޓްރޮފީއާއި ސޭޝް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހްމާނާ ހުޅުދޫ އާމިނަތު އަލީއެވެ.

ހުޅުދޫޓީމް

މިމެޗްގެ ކުޅުން ނިމުމުން މިމެޗުން މޮޅުވި މީދޫ ޓިމަށާ މިމެޗްގައި މީދޫޓީމާ ވާދަކުރި ހުޅުދޫޓީމަށް އަދި މިމެޗްގެ ބަށި ރާނީއަކަށް ހޮވުނު ޖަޒްމީނާއަށް މިމެޗް އިންތިޒާމް ކުރިފަރާތްތަކުންނާއި ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫދާއިރާގެ ކުރީގެ މެމްބަރު ޝާހިދުއާއި އަބުހަރީގޭ އަބްދުﷲ ޖަމީލުގެ އިތުރަށް ހެޔޮއެދޭ ވަރަށްގިނަ ފަރާތްތަކަކުން ހުށަހަޅާފައިވާ ފައިސާގެ އިނާމާއި ތައްޓާއި މެޑަލް ހަވާލް ކުރެވުނެވެ. މިގޮތުން ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލްކޮށްދެއްވާފައިވަނީ މެޗްގެ ޝަރްފްވެރިމެހްމާނާ އާމިނަތު އަލީގެ އިތުރަށް ނާޖިޔާ ، ޒޫނާ އަދި ޚަދީޖާ ދޮންދީދީއެވެ.

ހުޅުދޫ ޒުވާނުންގެ މަރުކަޒުގެ ބަށިކޯޓްގައި ކުޅެވުނު  މިމެޗް ބަލާލުމަށް ހުޅުދޫއާއި މީދޫގައި  ކުރިން ބަށި ކުޅުނު ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު  ވަނީ ޒުވާނުންގެ މަރުކަޒުގެ ސަރަހައްދަށް ޒިޔާރަތް ކޮށްފައެވެ.

ބަށި މެޗް ނިމިގެން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

 

 

 

Next: މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ކާފިއު ހިންގަނީ