އަޟްހާއީދުގެ ކުޅިވަރު: އެކުވެރިކަމުގެ ބަށިމެޗް ކާމިޔާބުކުރީ ގޮމަޓީމް

އަޟްހާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫގައި އެކުވެރިކަމުގެ ބަށިމެޗެއް ކުޅެފިއެވެ.

މިއަދު ހަވީރު ހުޅުދޫ ޒުވާނުންގެ މަރުކަޒުގެ ބަށި ކޯޓްގައި  ކުޅުނު މި މެޗްގައި ބައްދަލު ކުރީ ހުޅުދޫ ދެޓީމް ކަމުގައިވާ ގޮމަޓީމާއި ފަރިޓީމެވެ.

މި މެޗް 13 ލަނޑު 11 ފޯލި 10 ލަނޑު 11 ފޯލިން ކާމިޔާބުކުރީ ގޮމަ ޓީމެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ބަށިރާނީއަކަށް  ހޮވިފައިވަނީ މައިމޫނާ ޝަފީގެވެ.  ބަށި ރާނީއަކަށް ހޮވުނު  މައިމޫނާއަށް މެޗް އިންތިޒާމް ކުރިފަރާތުން ހުށަހަޅާފައިވާ ޓްރޮފީ ހަވާލްކޮށްދެއްވީ   މެޗްގެ ޝަރަފްވެރި މެހެމާނާ ހުޅުދޫ ވާރުގޭ  ޝަމީމާ މުހައްމަދު އެވެ.

މިމެޗްގެ އެންމެ މޮޅު ހިފުންތެރިއަކަށް ހޮވުނު އާމިނަތު ޝާޠިރާއަށް މެޗް އިންތިޒާމްކުރި ފަރާތުން ހުށަހެޅި ޓްރޮފީއާއި  ސެޓްފިކެޓް ހަވާލްކޮށްދެއްވީ އޭއޯނިއުސްގެ ޝިމްލާއެވެ

މެޗް ބެއްލެވުމަށް ދައުވަތު ދެއްވަައިގެން ވަޑައިގެންނެވި ބޭފުޅުންނާއި – އެންމެ މޮޅު ހިފުންތެރިޔާ އާމިނަތު ޝާޠިރާއާއި ސެޓްފިކެޓާއި ޓްރޮފީ ހަވާލް ކޮށްދެއްވުން

މިމެޗް ބައްލަވާލެއްވުމަށާ މިމެޗްގައި ކުޅުނު ދެޓީމަށް ހިތްވަރު ދެއްވުމަށް ރަށްޔިތުންގެ މަޖިލިހުގެ ހުޅުދާއިރާގެ ކުރީގެ މެމްބަރު ވަޑައިގެންނެވިއެވެ. އަދި  ހުޅުދޫއާއި މީދޫގެ  ގިނަ އަދަދެއްގެ މީހުންވެސް މިމެޗް ބެއްލެވުމަށް  ޒުވާނުންގެ މަރުކަޒަށް  ހާޒިރުވިއެވެ.

މިމެޗަކީ އެޗްއެސްސީއާއި ހުޅުމީދޫ ޕޮލިސް ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވުނުމެޗެކެވެ. އަދި މީގެ އިތުރަށް ހެޔޮއެދޭ  އެހެނިހެން ބައެއް ފަރާތްތަކުންވެސް މިމެޗް އިންތިޒާމްކުރުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

Next: ގައުމު ސްޓްރީޓް ސޮކަރ ޓޯނަމެންޓް 2020 ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ