ނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީ އަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ތަަސްލީމާ އުސްމާން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން  ވިދާޅުވީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ތިނެއް ޖަހާ އެހާކަށްހާއިރު ނިޔާވެގެން އައިޖީއެމްއެޗަށް ގެންދިޔަ ބިދޭސީ މީހާ ކޮވިޑަށް ޓެސްޓް ކުރުމުން  ޕޮޒިޓިވްކަން ހެދި ޓެސްޓު ތަކުން ދައްކާ ކަމަށެވެ.

ނިޔާވެގެން އައިޖީއެމްއެޗް އަށް ގެންދާ މީހުން އޮންނަ އުސޫލުގެ ތެރެއިން ކޮވިޑް-19 އަށް ޓެސްޓު ކުރެއެވެ. ތަސްލީމާ ވިދާޅުވީ، އޭނާގެ ފަރާތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށާއި، އެހެންކަމުން މި މަރަކީ ކޮވިޑު ޖެހިގެން ނިޔާވި މީހެއްކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓިވް ކަމަށް ޓެސްޓުތަކުން ދައްކާކަމަށް ތަސްލީމާ ވިދާޅުވިއެވެ.

ނިޔާވީ މީހާއަކީ ބަންގްލަދޭޝްގެ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. ރާއްޖޭގައި މިހާތަނަށް ބަންގްލަދޭޝްގެ ހަ މީހަކު ވަނީ ކޮވިޑު ބަލީގައި ނިޔާވެފައެވެ. މީގެ އިތުރުން 10 ދިވެހިންނާއި ފިލިޕީންސްގެ އެކަކު ބަލީގައި ނިޔާވެފައިވެއެވެ.

ނިޔާވި މީހާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ފަށައި ކޮންޓެކްޓް ޓްރޭސިން ކުރިޔަށްދާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލަށް އުފެއްދި ސިޔާސީ ޕާޓީ އެމްޓީޑީގައި ފުރަތަމަ ސޮއިކުރެއްވީ ކުރީގެ ނާއިބްރައީސް އަދީބު

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން  އަލަށް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަދިން، “މޯލްޑިވްސް ތާޑްވޭ ...

ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި

ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ...

ކޮވިޑް 19 ގެ އެންމެ ގިނަ ބަލިމީހުން ފެންނާނީ މެއި 31 ގައި – އެދުވަހު އެކަނިވެސް 1600 ބަލި މީހުން ފެނިދާނެ_- ޑރ . ޝީނާ

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން އަންނަ ގޮތައް ބަލާއިރު އެންމެ ގިނަ މީހުންނަށް ބަލި ޖެހޭނީ މެއި މަހުގެ 31 ...