ކޯވިޑް-19 : އިތުރު 152 މީހުން ޕޮޒިޓިވްވެއްޖެ، މިއަދުވެސް ގިނައީ ދިވެހިން

ރާއްޖެއިން ކޯވިޑް-19އަށް މިއަދު 152 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭ އިރުއޮއްސި 18:00 އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 152 މީހުންގެ ތެރެއިން 142 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން 10 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި، ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 5 މީހެއްގެ އިތުރުން ސްރިލަންކާގެ 4 މީހަކު ހިމެނެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު މީހަކު މިއަދު ވަނީ ނިޔާވެސްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދުވެސް ވަނީ 16 އަށް އިތުރުވެފައެވެ.

ތަފްޞީލު އަންނަނީ…..

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝެއިޚް ސަމީރުގެ ޚާއްސަ ދަރުސް މިރޭ ހުޅުމީދޫގައި

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝެއިޚް  އަޙްމަދު ސަމީރު ބިން އިބްރާހިމްގެ ޚާއްސަ ދަރުހެއް މިރޭ ހުޅުމީދޫ ގައި ...

މޫސުން ގޯސްވެ، ދެކުނުގެ ސަރަަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވެ، ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ގއ. ...

“އައްޑޫ މެރަތަން” ގައި ބައިވެރިވާނަންތަ؟ މި އޮތީ ފުރުސަތު ހުޅުވާލާފަ.

“އައިރަނާސް” އިން އިންތިޒާމް ކުރާ އައްޑޫ މެރަތަން އަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފިއެވެ. މިއަހަރުގެ ޖޫންމަހު ...