އިންޑިއާގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ހަމަޖެހުމާގުޅިގެން  އެރަށްތަކާއި ބެހޭ މަޢުލޫމާތު ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު އާންމުކުރައްވައިފިއެވެ.

ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު މީސްމީޑީޔާގައި އާންމުކުރި ލިސްޓްގައި އައުޓް ޑޯ ޖިމް ގާއިމު ކުރުމަށް ހަމަޖެހިފައިވާ 61 ރަށުގެ ތެރޭގައި އައްޑޫސިޓީގެ ތިން ރަށެއްވެސް ހިމެނިފައިވާއިރު އޭގެތެރޭގައި މީދޫވެސް ހިމެނެއެވެ.  މީދޫގެ އިތުރަށް އައްޑޫސިޓީން އެލިސްޓްގައި ހިމެނެނީ މަރަދޫއާއި ހިތަދޫއެވެ.

މިނިސްޓަރ މަހުލޫފު އާންމުކުރެއްވި ލިސްޓްގައި ވާގޮތުން އެންމެ ގިނަ ރަށްތައް ހިމެނެނީ ރ އަތޮޅުގައެވެ. އެގޮތުން އެލިސްޓްގައި ރ. އަތޮޅުގެ މަޑުއްވަރު، މީދޫ، އުނގޫފާރު، ރަސްގެތީމު، ހުޅުދުއްފާރު، އިނގުރައިދޫ، އިންނަމާދޫ، ފައިނު ހިމެނެއެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑުގައި މިމަހުގެ 14 ވަނަ ދުވަހު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި ރާއްޖޭގެ 61 ރަށެއްގައި ގާއިމު ކުރާ ޖިމުތަކުގެ ސާމާނުތައް ހަވާލުކޮށްދެއްވީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ސަންޖޭ ސުދީރު އެވެ. އިންޑިއާ ސަރުކާރުގެ އެހީތެރި ކަމާއި އެކު ތަރައްޤީ ކުރަން ނިންމާފައިވާ މި ޖިމްތަކަށް ބޭނުން ވާ ސާމާނު ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

މި ރަސްމިއްޔާތުގައި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފްއާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ރޫހު އިތުރުކޮށް ހަށިހެޔޮ ދުޅަހެޔޮ ދިރިއުޅުމަކަށް މަގު ފަހިކުރުމުގެ ގޮތުން 61 ރަށެއްގައި އައުޓް ޑޯ ޖިމް ގާއިމްކުރުމަށް ޔޫތު މިނިސްޓްރީ އަށް އަށް މިލިއަން ރުފިޔާގެ އެހީ އިންޑިއާ އިން ވަނީ ހަމަޖައްސާފަ އެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހު އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ

ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތު ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ ...

އައްޑޫ އީދު ފެސްޓިވަލް 2022: ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފައްކަމަނާޓީމް ހޯދައިފި  

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން މީދޫގައި ކުރިއަށް ގެންދިޔަ ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ” ...

ދިއްދޫގައި ކަރަންޓީނު ކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފި

ހއ. ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކޮށްފިއެވެ. މިއީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ...