ޝުކުރީ ކަރަންޓީނުވުމަށް ގެއަށް ވަޑައިގެންނެވީ ބަރޯ ގާޑިޔާއަކަށް ފޮށިތައް އަރުވައިގެން

މާލޭގައި ތިބެފައި ކަރަންޓީނު ވުމަށްދާ ރަށަށް ދިއުމުގެ ދަތުރު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާފައިވާތީ މިއަދު މާލެން ހުޅުދުއަށް ވަޑައިގެންނެވި އައްޑޫސިޓީ ކައުންސިލްގެ ހުޅުދޫދާއިރާގެ މެމްބަރު އިބްރާހިމް ޝުކުރީ ހުޅުދުއަށް ވަޑައިގަތުމަށްފަހު ހުޅުދޫ ބަނދަރުން ފޮށިތައް ހިފައިގެން ގެއަށް ވަޑައިގެންނެވީ ބަރޯ ގާޑިއާކަށް ފޮށިތައް އަރުވައިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތައް ޝުކުރީ ގެއަށް ވަޑައިގެންނެވީ ކާރު އަދި ޕިކަޕް ދުއްވާ އެއްވެސް ފަރާތަކުން މާލޭގައި ތިބެފައި ކަރަންޓީނަށް އަންނަ އެއްވެސް މީހަކު ކާރަށް ނުވަތަ ޕިކަޕަށް އަރުވައިގެން ދަތުރުކޮށްނުދޭތީއެވެ.

ރަށްރަށުގައި ގޭގައި ކަރަންޓީނުވާން މާލެން އަންނަ  ފަރާތްތައް މީގެކުރީން ރަށަށް އައުމުން އެރަށެއްގައި ގާއިމްކޮށްފައިވާ އެސްއެސްޑީ ގްރޫޕްގެ ބެލުމުގެ ދަށުން ސިއްހީމަރުކަޒުގެ އެމްބިއުލެންސުގައި އެމީހަކު ކަރަންޓީން ވުމަށް ހަމަޖެފައިވާ ގެއަކާ ހަމައަށް ގެންގޮސް ދެނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވައިގެންތިބޭ އެރަށެއްގެ ސިއްހީމަރުކަޒުގެ މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

އެޗްޕީއޭއިން މިހާރު ހަމަޖައްސާފައި އޮންނަގޮތުން ރަށްރަށުގައި ގޭގައި ކަރަންޓީނުވާ ފަރާތް “ހާލު ބެލުން” ޕޯޓަލްގައި އަމިއްލަ އަށް ނުވަތަ އެހެން މީހެއްގެ އެހީތެރިކަމާއި އެކުގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ރަޖިސްޓްރީވުމަށްފަހު އެ ޕޯޓަލް މެދުވެރިކޮށް ކަރަންޓީންވުމަށް އެދެން ޖެހެއެވެ. ކަރަންޓީން ވާނީ އެމީހަކު އަމިއްލަ އަށް ކަނޑައަޅާ ތަނެއްގައި ކަމަށް އެޗްޕީއޭއިން ރަށްރަށުގައި ކަރަންޓީނުވުމަށް ހަމަޖައްސި އުސޫލުގައިވެއެވެ.

ހާލުބެލުން  ޕޯޓަލް މެދުވެރިކޮށް ކަރަންޓީން ވުމަށް އެދުމުން އެކި މަރުހަލާތަކުގައި ޕޯޓަލް އިން އެ މައުލޫމާތު ބެލޭނެ ކަމަށްވެސް ރަށްރަށުގައި ކަރަންޓީނުވުމަށް ހަމަޖެއްސި އުސޫލުގައިވެއެވެ. ކަރަންޓީނުވުމަށް ދާ ރަށަށް ދަތުރު ހަމަޖައްސާނީ އަމިއްލަ އަށް ކަމަށާއި ކަރަންޓީނުގެ މުއްދަތު ފެށޭނީ ރަށަށް ދަތުރުކުރާ ތާރީހުން ފެށިގެން ކަމަށްވެސް އުސޫލުގައިވެއެވެ.

އުސޫލުގައިވާ ގޮތުގައި “ހާލު ބެލުން” ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކުވެސް ރިޕޯޓު ކުރަންޖެހެއެވެ. އަދި ބޭސްފަރުވާ ކުރަމުންދާ އެހެން ބައްޔެއް ނުވަތަ ސިއްހީ އެހެން މައްސަލައެއް އުޅޭ ކަމަށްވާ ނަމަ އެކަމެއްވެސް ރިޕޯޓު ކުރަންޖެހެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކިނޮޅަހުކައުންސިލުގެ ރޯދަ ހަދިޔާ ކޮންމެ ގެއަކަށް ހަނޑޫ އަދި ހަކުރު ބަސްތާއެއް!

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލް އިދާރާގެ ފަރާތުން އެރަށުގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ހަނޑޫ އަދި ހަކުރު ...

ނަރުދޫ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ށ. ނަރުދޫ އިން ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވާކަމަށް ވަގުތު ...

ފަޅުތަކާއި، ރަށްތައް ވިއްކި ގޮތަށް މާލޭ މަގުތައް ވިއްކާ ހުސްކޮށްފި: ރައީސް

މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ވިއްކާ ހުސްކޮށް އެ ފައިސާއިން ކެމްޕޭންކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ...