ކޮވިޑް 19 އަށް ރާއްޖެ އިން އިތުރު 68 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެތެރޭގައި ރާއްޖެއިން ޕޮޒިޓިވްވި 68 މީހުންގެ ތެރޭގައި ހިމެނެނީ 47 ދިވެހީންނާއި ބަގްލާދޭޝްގެ 8 މީހަކާއި އިންޑިއާގެ 4 މީހެއްގެ އިތުރަށް ޕިލިޕިންސްގެ 3 މީހުންނާއި ސްރީލަންކާގެ 4 މީހެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާގޮތުން ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2899 އަށް އަރާފައެވެ.
ތަފްސީލް އަންނަނީ