ރާއްޖެ އިން އިތުރު 67 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެ އިތުރު 16 މީހަކު ބަލިން ރަގަޅުވެއްޖެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 67 މީހުންގެ ތެރޭގައި ހިމެނެނީ 52 ދިވެހީންނާއި ބަންގްލަދޭޝްގެ 14 މީހެއްގެ އިތުރަށް އިންޑިއާ މީހެކެވެ.
މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2731 އަށް އަރާފައެވެ.
ލޮކްޑައުންއަށް ލުއިތަކެއް ދިނުމާ ގުޅިގެން މިހާރު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވާން ފަށާފައެވެ. އެގޮތުން އިއްޔެ 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިްވިއިރު، އޭގެ ކުރީ ދުވަހު 64 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.