އަމީތާބާއި އޭނަގެ ދަރި އަބީޝޭކްވެސް ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އަމީތާބް ބައްޗަންއާއި އޭނާގެ ދަރިފުޅު އަބީޝެކް ބައްޗަން  ކޯވިޑް-19 އަށް ޕޮސިޓިވްވެ  އަމީތާބު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

އަމީތާބުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ބުނެފައިވާގޮތުގައި ކޯވިޑް-19 އަށް އޭނާ ޕޮސިޓިވްވީ އިއްޔެ އެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ އިންޑިއާގެ މުމްބާއީގެ ނާނާވަތީ ހޮސްޕިޓަލްގައި ކަމަށް އަމީތާބުގެ ޓުވިޓާގައި ބުނެފައިވެއެވެ.

އަބީޝޭކް ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނަ އަދި އޭނާގެ ބައްޕަ  ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވީނަމަވެސް އަދި ފެންނަނީ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. ދެމީހުންވެސް ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށް އަބީޝެކްގެ ޓުވިޓާގއިވެސް ބުނެފައިވެއެވެ

އަމީތާބް ޕޮސިޓިވްވުމާއި ގުޅިގެން އާއިލާގެ އެންމެންނާއި އޭނާއަށް ފަރުވާ ދިން ހުރިހާ ސިއްހީ އެހީތެރިންނާއި މުވައްޒަފުން ވަނީ ކޯވިޑަށް ޓެސްޓުކޮށްފައި އެވެ.

މީގެ އިތުރުން މިދިޔަ10 ވަރަކަށް ދުވަހުގެ ތެރޭގައި އޭނާ އާއި ދިމާވެފައިވާ އެންމެން އަމިއްލައަށް ޓެސްޓު ކުރުމަށް އަމީތާބު އެދިފައިވެ އެވެ.

އަމީތާބު ކޯވިޑަށް ޕޮސިޓިވްވި އިރު އޭނާގެ އުމުރަކީ މިހާރު 77 އަހަރެވެ. މި ބަލީގައި އެންމެ އަވަހަށް ހާލު ސީރިއަސް ވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

އަމީތާބަށް ކޮވިޑްޖެހުމާއި ގުޅިގެން ސަޕޯޓަރުންނާއި ބޮލީވުޑްގެ އެކްޓަރުންގެ އިތުރުން ސިޔާސީ ފަރާތްތަކުން ދަނީ ހިތާމަ ފާޅުކޮށް އަވަށް ޝިފާއަކަށް އެދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވަރުގަދަ ވެމްކޯ ބަލިކޮށް ޓީމްއެމްކޭއިން އެޓީމުގެ ފެންވަރު ދައްކާލައިފި

ވަރުގަދަ ވެމްކޯ ބަލިކޮށް ” ބަދަހިކަޕް ”  ނެޓްބޯޅަ މުބާރާތުގައި  ޓީމްއެކޭ އިން އެޓީމުފެންވަރު ދައްކާލައިފިއެވެ. ގައުމީ ޓީމުގެ ...

ފޮޓޯއިން ޚަބަރު: މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުން

މަތީގައިވާ ފޮޓޯތަކާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބަހާއުއްދީންމަގުގައި ތާރު އެޅުމަށް އެމްޓީސީސީގެ ފަރާތުން ކުރަމުންދާ މަސައްކަތް. މީދޫ ...

އައްޑޫގައި ޑެންގޫ ހުމާއި، ލޮލުރޯގާއާއި، ވައިރަލް ހުން ފެތުރެނީ

މި ދުވަސްވަރު އައްޑޫ ސިޓީގައި ޑެންގޫ ހުމާއި، ލޮލުރޯގާއާއި، ވައިރަލް ހުން ފެތުރެމުންދާތީ، އެކަމަށް ސަމާލުވެ ތިބުމަށް އައްޑޫ ...