ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ހދ. ނޮޅިވަރަމް އިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ނޮޅިވަރަމް އިން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މާލެ އިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. ނޮޅިވަރަމުން އިތުރަށް ޕޮޒިޓިވްވި މީހާއަކީ ނޮޅިވަރަމުން މިމަހުގެ 9 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވް މީހާގެ ބޭބެއެވެ. ދެމީހުން ވެސް ތިބީ މާލެ އިން ރަށަށް ގޮސް ގޭގައި ކަރަންޓީން ވެގެންނެވެ. އެމީހުން ރަށަށް ދިޔައީ މިމަހުގެ ހަ ވަނަ ދުވަހު އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ މީހުންނާއި އެކު އަދި އިތުރު މީހަކު ވެސް އެ ގޭގައި ހޯމް ކަރަންޓީންވެފައި ވެއެވެ. ނަމަވެސް ތިން މީހުން ވެސް އުޅުމުން އަންނަނީ ތިން ކޮޓަރީގައި ކަމަށާއި އެ ގޭގައި އިތުރު އެހެން މީހަކު ނޫޅޭ ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އެ ރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާ ރަށަށް ދިޔުމުގެ ކުރިން މާލޭޭގައި ރެންޑޮމް ސާމްޕަލްނެގިއެވެ.   އޭނާގެެ ސާމްޕަލް ނަގައި ސާމްޕަލްގެ ނަތީޖާލިބި، ބައްޔަށް ޕޮޒިޓިވްކަން އެޗްޕީއޭ އިން އެންގީ މިމަހުގެ 9 ވަނަ ދުވަހު އެވެ.

ނޮޅިވަރަމުން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް މިހާރު ހަމަޖެހިފައިއޮންނަ ގޮތުން އެރަށް މޮނިޓަރިންގެ ހާލަތަކަށް ނުލާނެއެވެ. ސަބަބަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަކީ ކަރަންޓީންގައި ތިބި މީހުން ކަމަށް ވާތީއެވެ.

މީގެ ކުރިން ގއ. މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ ބަޔަކުވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތިލައުތުރު އެވޯޑް ދޭ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނަޝީދު

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްގެ “ތިލައުތުރު އެވޯޑް 2023” ދޭ ޖަލްސާ މިރޭ ބާއްވަން ނިންމާފައިވާއިރު، އެ ...

ހަނިމާދޫ އެއާޕޯޓު ހަދަން ޖޭއެމްސީ އަށް 2 ބިލިއަން ރުފިޔާ ހަވާލުކޮށްފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށް   އެ ...

އައްޑޫސިޓީގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައި

އައްޑޫސިޓީގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެގޮތުން ...