އެފްއޭއެމްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ، މުވައްޒަފުންނާއި ނޫސްވެރިން ކަރަންޓީނަށް

ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް(އެފްއޭއެމްގެ) މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިން ގޭގައި ކަރަންޓީންވުމަށް އަންގައިފިއެވެ.

ކަރަންޓީންވުމަށް އަންގަފައިވަނީ އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ބައެއް މީހުންނާއި، ކޮންގްރެސް އޮތް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިންނަށެވެ. މި ދެ ހަރަކާތުގައިވެސް އެފްއޭއެމުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފު ވަނީ ބައިވެރިވެފައެވެ.

އެފްއޭއެމްއިން ޕޮޒިޓިވްވި  މުވައްޒަފު މިހާރު ހުރީ ކަރަންޓީން ފެސިލިޓީއެއްގައެވެ.

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެނަމަ ޕޮޒިޓިވް ވާ މީހާއާއި ސީދާ ދިމާވާ މީހުން 14 ދުވަހުގެ ކަރަންޓީންގައި ތިބެންޖެހޭކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑު ތިލަދުންމަތީގައި 8000 އެނދު ތަރައްގީކުރުމަކީ އަމާޒެއް

މި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަމަށް 8,000 ...

ކޮވިޑް 19 – ކަމަދޫ އިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ބ. ކަމަދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ...

ނަން ބޯޑު، ގަވާއިދަށް ނުފައްތާ ހުރުމުން 1410 މީހަކަށް ނަސޭހަތްތެރިވެއްޖެ

އެއްގަމު އުޅަނދުގެ ނަން ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހާތަނަށް މާލެ ސަރަހައްދުން 1410 މީހަކަށް އެކަން ...