ބީއެމްއެލްގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ސީނު ހުޅުމީދޫ ބްރާންޗްގައި ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްއެއް ބަހައްޓާ އެ އޭޓީއެމް އިން ހިދުމަތް ދޭން ފަށައިފި އެވެ.
ރާއްޖޭގެ ސަރަހައްދުތަކަށް ބީއެމްއެލްގެ ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަތް ބީއެމްއެލްއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ބީއެމްއެލް އިން ސެލްފް ސާވިސް ބޭންކިންގ ގެ ޚިދުމަތް ލިބޭ އޭޓީއެމްއެއް ހުޅުމީދޫ ބްރާންޗްގައި ބަހައްޓާ އެ އޭޓީއެމުން ހިދުމަތް ހުޅުމީދޫގައި ދޭން ފަށާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިޔަސް އަލަށް ބޭނުން ކުރަން ފެށުނު އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތްވެސް 24 ގަޑިއިރު ލިބިގެންދާނެއެވެ.