17 ގްރާންޑް ސްލޭމް ހޯދައިފާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގޮތު ހުރި އުމުރުން 32 އަހަރުގެ ސާބިއާގެ ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އޭނާ ހާމަކޮށްފި އެވެ.
ޖޮކޮވިޗްއާއި އޭނަގެ އަންހެނުން ހެލީނާ ކޮވިޑް19 ޕޮޒިޓިވްވެފައިވާކަން އޭނާ ހާމަކޮށްފައިވަނީ ކޮރޯނާ ވައިރަސް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބަލްކަން ޓުއާ ޓެނިސް މުބާރާތުގައި ވާދަކުރާ ބައެއް ކުޅުންތެރިން ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކުރި ޓެސްޓްތަކަށް ފަހު އެވެ.
ކޮރޯނާ ވައިރަސް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވުނު ބަލްކަން ޓުއާ ޓެނިސް މުބާރާތުގައި ވާދަކުރި ކޮރޮއޭޝިއާގެ ޖޮކޮވިޗްއާއި އޭނަގެ އަންހެނުން ހެލީނާ އިތުރަށް ކޮރޮއޭޝިޔާގެ ބޯނާ ކޮރިކްއާއި ގްރިގޯރ ޑިމިޓްރޯވް އަދި ބުލްގޭރިއާގެ ވިކްޓޯ ޓްރޮއިކީގެ ޓެސްޓްތައްވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ އެކު އެ މުބާރާތް މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ.
ޖޮކޮވިޗް ބުނީ އޭނާގެ އިތުރަށް އެބުރާތުގައި ވާދަކުރި ބައެއް ހެން ކުޅުންތެރީން ކޮވިޑަށް ޕޮޒިޓިވްވުމާއެކު މުބާރާތް މެދު ކަނޑާލުމާއި ގުޅިގެން އޭނާ އެނބުރި ސާބިއާއަށް ދިއުމަށްފަހު ކުރި ޓެސްޓް ތަކުގައި އޭނަގެ ދެ ދަރިންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.
“އަހަރަމެން މި މުބާރާތް މި ބޭއްވީ ވައިރަހުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ރަނގަޅު މަގުސަދެއްގައި. އެކަމަކު މިފަހަރު އެކަން ގޯހުން ގޯހަށް މިދިޔައީ. މިކަމުގައި ލިބުނު ގެއްލުމަށް އެންމެންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެން،” ޖޮކޮވިޗް ބުންޏެވެ.