ރަށްރަށުގައި ކަރަންޓީނު ކުރާ ފަރާތްތަކުންނާއި ކަރަންޓީންކޮށްފައިތިބޭ މީހުން އުޅެމުންދާ ގޭގައި އުޅޭ އެހެން މީހުން ކަރަންޓީނު ކުރުމުގެ އުސޫލާ ހިލާފަށް އަމަލުތައް ބަހައްޓާނަމަ ރަށްތަކަށް ބަލި ފެތުރި ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ޓެގް ޓީމުން ބުނެފި އެވެ.
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކަރަންޓީނަށް ރަށްރަށަށް މީހުން ފޮނުވުމަކީ ބަލި ފެތުރުމުގެ ކޮންމެވެސް މިންވަރެއްގެ ފުރުސަތެއް އޮތް ކަމެއް ކަމަށެވެ.
ގޭގައި ކަރަންޓީނު ކުރުމުގެ އުސޫލެއް އެކުލަވާލައި ރަށްރަށުގައި ވެސް ކަރަންޓީން ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދިނުމަށްފަހު އެ ހުއްދައާއެކު މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުނާއި ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ވެސް ރަށްރަށުގައި ކަރަންޓީން ވުމުގެ ފުރުސަތު ދޭން ހަމަޖެއްސި އުސޫލުގެ ދަށުން މިހާތަނަށް ގިނަ ބަޔަކަށް އެ ފުރުސަތު ވަނީދީފައެވެ.
މާލެ ސިޓީގައި ކޮމިނިއުޓީ ސްޕްރެޑް އޮތުމުން މާލެއިން ކޮންމެ ތާކަށް މީހަކު ދިޔަ ނަމަވެސް އެއީ ބަލި ފެތުރުމަށް ފުރުސަތު އޮވެދާނެ ކަމެއް ކަމަށްވަނީ ބެލެވިފައެވެ.