މިވަގުތު ރަށުގައި ތިބިކުދިންނަށް ރަށުސްކޫލްގައި ކިޔެވޭނެ – އެޑިޔުކޭޝަން

މާލޭ ސްކޫލެއްގައިވިޔަސް އަދި އެހެން ރަށެއްގައި ކިޔަވަމުން ދިޔަ ކުއްޖަކު ކަމުގައިވިޔަސް ކޮވިޑް ގެ ސަބަބުން އެކުއްޖާގެ އަމިއްލަރަށަށް ގޮސް މިވަގުތު ތިބި ކުދިންނަށް އެކުއްޖަކު ހުރި ރަށެއްގައި ހުރެގެން އެރަށެއްގެ ސްކޫލަކުން ކިޔެވުމުގެ ފުރުޞަތު ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ވިދާޅުވީ މިޙާލަތުގައި މާލޭގައި ތަޢުލީމު ޙާސިލުކުރާ ބައެއް ދަރިވަރުން ވަގުތީގޮތުން ރަށަށް ބަދަލުވެފައިވާތީ އެކުދިންގެ ކިއޔެވުމުގެ ކަންކަން މެދުނުކެނޑޭނެ ފަދަގޮތަކަށް ކަންކަން އިންތިޒާމް ކުރަމުންދާކަމަށެވެ.

އެގޮތުން ރަށަށް ގޮސްތިބި ކުދިންނަށް ސްކޫލްތައް ފެށުމުން، އެކުއްޖާ ކިޔަވަމުންދިޔަ ގްރޭޑްގައި ކިޔެވުމަށް ރަށު ސްކޫލުން ޖާގަލިބޭނެކަމަށެވެ. އަދި މިޙާލަތުގައި ދަރިވަރު ސްކޫލަށް ދިއުމަށް ކުރިންލީ ޔުނީފޯމްވެސް ބޭނުންކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެއެވެ. މީގެ އިތުރުން ޙާލަތު ރަނގަޅުވެ ދަރިވަރުން އަންބުރާ މާލެއަންނައިރު އެކުދިން ކިޔެވި ސްކޫލުގެ ޖާގަ ނުގެއްލޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“އެރަށެއްގެ ސުކޫލުން އެދަރިވަނުންނަށް ފުރުސަތު ލިބިގެންދާނެ. އަދި އެއީ ޓެމްޕަރަރީ މޫވްއެއް ކަމުގައިވިޔަސް، މާލޭގެ ސްކޫލުގެ ފުރުސަތު ގެއްލިގެން ނުދާނެ. އެދަރިވަރު އެރަށެއްގައި ހުންނަހާ ދުވަހެއްގައި އެރަށެެއްގެ ސްކޫލުން އެދަރިވަރަށް ތައުލީމް ލިބިގެންދާނެ. އެހެންވީމަ އަޅުގަނޑުމެން އެކަން އެންޝުއަރކޮށްދޭނަން” އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް – ވިއްސާރަވުމުގެ ސަބަބުން މިރޭގެ މެޗްތައް ކެންސަލްކޮށްފި

މިރޭ ކުޅުމަށް ތާވަލް ކުރެވިފައިވާ ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް މިރޭ ނުބާއްވާގޮތައް  ހަމަޖައްސައިފިއެވެ. ...

ފިނޑި ޤައްދާރުން ގެންނަން އުޅުނު ބަޣާވާތުގެ ފުންމިން އެނގިއްޖެ – ރައީސް

އިދިކޮޅު ފަރާތްތަކުން ގެންނަން އުޅުނު “ބަޣާވާތު”ގެ ފުންމިން މިހާރު ދެނެގަނެވިފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ވެސްޓްޕާކް ސަރަހައްދުގައި ...

ފައިގަ ތަޅާ މުބާރާތުގެ ޗެމްޕިއަންކަންވެސް ހުޅުދޫ އަވަށު އޮފީސްޓީމު ހޯދައިފި

” ފައިގަތަޅާ ” މުބާރާތުގެ  ޗެމްޕިއަންކަން ހުޅުދޫ އަވަށު އޮފީހުގެ ދަވިލެޖާސް ހޯދައިފިއެވެ. މިމުބާރާތަކީވެސް އައްޑޫސިޓީ ކައުންސިލްގެ މުވައްޒަފުންގެ ...