ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓަކުރެވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފި

ބޭންކިން ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައި ރަޖިސްޓަކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްލެ) ގެ ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓަކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނިގޮތުގައި މި ގޮތަށް ރަޖިސްޓަކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ބޭންކުގައި މިހާރުވެސް ބޭނުންކުރަމުންދާ އެކައުންޓަކާއި ކާޑެއް އޮންނަ ކަސްޓަމަރުންނަށެވެ. އަދި ހަމައެހެންމެ ކަސްޓަމަރުގެ ފޯން ނުވަތަ އީމެއިލް އެޑްރެސް ބޭންކުގައި ރަޖިސްޓްރީކޮށްފައި އޮންނަންވާނެއެވެ.

އިންޓަނެޓް ބޭންކިން އަށް ރަޖިސްޓަރވުމަށް މި ލިންކް ގައިވާ ސައިންއަޕް ބަޓަންއަށް ފިތާލުމަށްފަހު ކަސްޓަމަރުގެ އެކައުންޓް ނަންބަރު ޖަހައި އޯޓީޕީ ފޮނުވުމަށްއެދޭ ގޮތް (މޯބައިލް ނުވަތަ އީމެއިލް) ޚިޔާރުކުރެވޭނެއެވެ. ރަޖިސްޓަރ ކުރަމުންދާއިރު އޯޓީޕީ ފޮނުވުމަށް ޚިޔާރުކުރާގޮތަކީ ބޭންކުގައި ރަޖިސްޓަވެފައިވާ މޮބައިލް ނަންބަރަކަށް ނުވަތަ އީމެއިލް އެޑްރެހަކަށް ވާންވާނެއެވެ.

އޯޓީޕީ ޖެހުމަށްފަހު ބޭންކުންދޫކޮށްފައިވާ ކާޑެއް ބޭނުންކޮށްގެން ރަޖިސްޓްރޭޝަންގެ ސައްހަކޮށްލެވޭނެއެވެ. އެއާއެކު ވަގުތުން ޔޫސަރނޭމް އަދި ވަގުތީ ޕާސްވޯޑެއް ކަސްޓަމަރަށް ލިބޭނެއެވެ. ފުރަތަމަ ލޮޖިން ކުރުމަށް ކަސްޓަމަރުން ބޭނުންކުރާނީ މި ޕާސްވޯޑެވެ. އެއަށްފަހު އިރުޝާދު ދީފައިވާ ގޮތަށް ޕާސްވޯޑް ބަދަލުކުރަންޖެހޭނެއެވެ.

އިންޓަރނެޓް ބޭންކިން އިން ލިބޭ ޚިދުމަތްތައް

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބީއެމްއެލް އިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ދެމުންނެވެ.

މި ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެ އެވެ. ބޭންކުގެ މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަކެވެ. އަދި ބޭންކުގެ ކަސްޓަމަރުންގެ ތެރެއިން %87 ކަސްޓަމަރުން މިހާރުވެސް އިންޓަނެޓް ބޭނުންކުރެއެވެ.

Next: ކޮވިޑަށް ޓެސްޓްކުރެވޭ ލެބޯޓަރީއެއް ނޫނު މާފަރު އެއަރޕޯޓުގައި ޤާއިމް ކުރަނީ