ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ އެއިމްސް އަށް ނުދޭން ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން އަންގައިފި -އިހުސާން

ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ހިދުމަތަށް ހުއްދަ ދެވެން ނެތްކަން، އައްޑޫ ސިޓީ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އަށް ހެލްތު މިނިސްޓްރީން އަންގާފައިވާކަމަށް އެއިމްސް ކުލިނިކުން ހާމަކޮށްފިއެވެ.

އެއިމްސް ކުލިނިކުން މިކަން ހާމަކޮށްފައިވަނީ އެއިމްސްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން ކުރެއްވި ޓުވިޓެއްގައެވެ. އިހުސާނުގެ ޓުވިޓްގައި  ވިދާޅުވެފައިވަނީ  އެއިމްސް ކްލިނިކުން އެދިފައިވާ ކޮވިޑަށް ޓެސްޓު ކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އަނގަ ބަހުން ޖަވާބު ދީފައިވާ ކަމަށެވެ. އެހެންކަމުން މި ހިދުމަތް ދިނުމަށް އެ ކްލިނިކުން ކުރަމުން އައި މަސައްކަތްތައް ހުއްޓާލާފައިވާ ކަމަށް އިހުސާނުގެ ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެއިމްސް އިން ވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ވެސް ބޭނުން ކުރަމުން އަންނަ އެންޓިބޮޑީ ޓެސްޓު ހެދޭ އެފިއަސް 6 ގެ ސިސްޓަމެއް ހޯދާފައެވެ. މި ހިދުމަތް ފެށުމުގެ ހުއްދަަ އަށް އެދި އެއިމްސް އިން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަށް ސިޓީއެއް ވެސް ފޮނުވާފައިވެއެވެ.

ކޮވިޑް-19 ގެ ޓެސްޓު މިހާރު ހަދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އިތުރުން ފުލުހުންގެ ލެބް، އަދި އޭޑީކޭގައެވެ.

އައްޑޫގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ގާއިމް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ރަސްމީ ވަކި ތާރީހެއް ސަރުކާރުން ހާމަކޮށްފައި ނުވެއެެވެ.

އެއިމްސް އަކީ އައްޑޫގައި ފުޅާ ދާއިރާއެއްގައި ސިއްހީ ހިދްމަތް ފޯރުކޮށްދެމުން އަންނަ ތަނެކެވެ. އެތަނުން އަންނަނީ އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލާއި ގުޅިގެން ޓެލެމެޑިސިންގެ ހިދްމަތްވެސް ފޯރުކޮށްދެމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމްގެ އަރިސް ...

“ރާވެރިބޭ ކޮއްތުވެނި” ފުޑުކޯޓުތައް ރައީސް ހުޅުއްވާދެއްވައިފި

މާލޭ ހުޅަނގުފަރާތުގައި ސަރުކާރުން ތަރައްޤީކުރީ ޒަމާނީ ފުޑުކޯޓުތައް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވައިފިއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ...

މީދޫގެއަކުން ވައްކަންކޮށްގެން މީދޫ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ މީދޫގެއަކުން މިދިޔަ މާރޗްމަހުގެ ތެރޭގައި ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން  މީދޫ  ގެއަކުން ...